ޕްރެޝަރު ބޮޑުވެ ޖާންވީ ރާއްޖޭގައި ނެގި ފޮޓޯއެއްގެ ތަފްސީލް ހާމަ ކުރަން މަޖުބޫރުވެއްޖެ

މިދިޔަ މާޗް މަހު ރާއްޖޭގައި އެކުވެރިންނާއި އެކު ޗުއްޓީ ހޭދަ ކުރި ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު ނަގާފައިވާ ފޮޓޯއެއްގެ ތަފްސީލް ހާމަ ކުރަން މަޖުބޫރު ވެއްޖެ އެވެ. ބެލެވޭ ގޮތުގައި ...

04 May 2021 | 06:33

މިދިޔަ މާޗް މަހު ރާއްޖޭގައި އެކުވެރިންނާއި އެކު ޗުއްޓީ ހޭދަ ކުރި ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު ނަގާފައިވާ ފޮޓޯއެއްގެ ތަފްސީލް ހާމަ ކުރަން މަޖުބޫރު ވެއްޖެ އެވެ.

ބެލެވޭ ގޮތުގައި ޖާންވީގެ އެ ދަތުރަކީ ޗުއްޓީގެ އިތުރުން ފޮޓޯ ޝޫޓަކާއިވެސް ގުޅޭ ދަތުރެކެވެ. އާންމުވެފައިވަނީ ޓްރެވަލް މެގަޒިންއެއްގެ ކަވާގައި ރާއްޖޭގެ ރިސޯޓުތައް އިޝްތިހާރު ކުރުމުގެ ގޮތުން ޖަހާފައިވާ ޖާންވީގެ ފޮޓޯއެކެވެ.

އެ ފޮޓޯގައި ފެންނަނީ ޖާންވީ ބިކިނީއެއް ލައިގެން މޫދުން އަރައިގެން އަންނަ ތަނެވެ.

މި ފޮޓޯ އާއި ގުޅިގެން ޖާންވީއަށް ވަނީ ވަރަށް ޕްރެޝަރު ބޮޑުވެފަ އެވެ. މުޅި އިންޑިއާ ކޯވިޑާއި ގުޅިގެން ހާލުގައި ޖެހި، ލޮކްޑައުންކޮށްފައި ވަނިކޮށް ޖާންވީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން ދިޔަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުމާއި މަލާމާތް ރައްދުވެފަ އެވެ.

ޖާންވީގެ އިތުރުން މި ދުވަސްވަރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އަންނަ ބޮލީވުޑް ތަރިންނަށް ވަރަށް ބޮޑަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

https://www.instagram.com/p/COaECbIF92v/?utm_source=ig_embed

މި ވާހަކަތަކާއި ގުޅިގެން ޖާންވީ އެންމެ ފަހުން ވަނީ އެ ފޮޓޯ ނެގި ދުވަހާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ޖަވާބު ދީފަ އެވެ. އޭނާ ބުނީ މެގަޒިންގެ ކަވާގައި ޖަހާފައިވާ ފޮޓޯއަކީ ލޮކްޑައުން ކުރުމުގެ ކުރިން ރާއްޖެއަށް ކުރި ދަތުރެއްގައި ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

ވަރަށް ކުރުކޮށް ފޮނުވިކޮށް ދެކެވެމުންދާ ވާހަކަތަކަށް ޖަވާބު ދިނުމަށް ފަހު ބުނެފައިވަނީ ހުރިހާ އެންމެންވެސް އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދީ ހިތްވަރުގަދަ ކުރުމަށް އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް