ބޭނުންވާ ވަރަށް ވުރެ ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިން މަދު!

ރާއްޖޭގައި މިވަގުތު ހުރި ކޮވިޝީލްޑްް ވެެކްސިނުުގެ އަދަދު ބޭނުންވާ ވަރަށް ވުރެ މަދު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބ...

04 May 2021 | 06:18

ރާއްޖޭގައި މިވަގުތު ހުރި ކޮވިޝީލްޑްް ވެެކްސިނުުގެ އަދަދު ބޭނުންވާ ވަރަށް ވުރެ މަދު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންް ދިވެހިރާއްޖޭގެ ފުރަތަމަ ކޯވިޑް ތަރުޖަމާނު މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ދެމުން އަންނަ ވެކްސިނުގެ އަދަދު މަދުވެެފައިވާކަން ހެލްތު މިނިސްޓްރީންނާއި، ހެލްތު ޕްރޮޓެކްޝަންް އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ހުރީ ކިހާ އަދަދެއްގެ ވެކްްސިނެއް ކަމެއް އަދި ސާފު ނުވާކަމަށް މަބްްރޫކް ވިދާޅުވިއެވެ.

"ވެކްސިންގެ ސްޓޮކު މަދުކަން އެޗްޕީއޭ އިން ވެސް ހެލްތު މިނިސްޓްރީން ވެސް ފާހަގަކުރައްވާފައިވޭ. މިވަގުތު އަޅުގަނޑު އަތުގައި ސީދާ އެ އަދަދަކީ ކޮބައިކަން ނެތީ،" މަބްރޫކް ވިދާޅުވިއެވެ.

އެކަމަކު އެންމެ ފަހުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ވަނީ ވެކްސިން ހުސްނުވެ ދެވޭ ވަރަށް އެބަހުރިކަމަށް ހާމަކޮށްފައެވެ.

ރާއްޖޭގެ މިވަގުތު ހުރި ވެެކްސިން މަދުވަމުން އަންނަ އިރު ރާއްޖެއިން އެސްޓްރަޒެނިކާއިން ގަނެފައިވާ 700،000 ޑޯޒް ވެކްސިން އަދި އިތުރު ފައިޒާ ވެކްސިން އަންނަ މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ހާމަކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް