އާންމުންގެ އެއްބާރުލުން ނުލިބޭތީ މާލޭގައި ތަރުތީބެއް ނެތި ސުންކު ނެގުން ހުއްޓާލައިފި

ކޯވިޑް-19 އަށް ތަހުލީލު ކުރުމަށްޓަކައި މާލޭގައި ތަރުތީބެއް ނެތި މިހާރު ސުންކު ނަގަމުންނުދާ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ. ރޭ ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖ...

04 May 2021 | 05:45

ކޯވިޑް-19 އަށް ތަހުލީލު ކުރުމަށްޓަކައި މާލޭގައި ތަރުތީބެއް ނެތި މިހާރު ސުންކު ނަގަމުންނުދާ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

ރޭ ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް ވިދާޅުވީ މިހާރު ކޯވިޑް-19އަށް މީހުން ތަހުލީލު ކުރަނީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކްތަކަށް ދިއުމުން އެކަނި ކަމަށެވެ.

މާލޭގައި ތަރުތީބެއް ނެތި ސުންކު ނުނެގި ނަމަވެސް، އަތޮޅުތެރޭގެ ރަށްތަކުގައި މިހާރު ވެސް މިކަން ކުރިއަށް ދެއެވެ.

މާލޭގައި ތަރުތީބެއްނެތި ސުންކު ނެގުން ހުއްޓާލީ އެނގިފައިވާ ގޮތުގައި އާންމުންގެ އެއްބާރުލުން ނުލިބޭތީއެވެ.

އެ ގޮތަށް ސުންކު ނުނެގި ނަމަވެސް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ. އިއްޔެ ވެސް މާލެ އިން ވަނީ ރެކޯޑް އަދަދެއްގެ މީހުން މި ރޯގާއަށް ފައްސިވެފައެވެ. އިއްޔެ 585 މީހުން ފައްސިވިއިރު އޭގެތެރެއިން 397 މީހުން ކޯވިޑް-19 އަށް ފައްސިވީ މާލެ އިންނެވެ.

އަދަދުތައް ދަށް ކުރުމަށް މިހާރު ވަނީ ފިޔަވަޅުތައް ހަރުދަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް