ފުލުހުންެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމިއްލައަށް މަރުވެފައިވަނީ ބަންދުގައި ހުރި ބިދޭސީ މީހެއް ކަމަށެވެ. އެމީހާ ބަންދުކޮށްފައި ހުރީ ވިލިމާލޭ ކަސްޓޯޑިއަލް ފެސިލިޓީގައި ކަމަށް ވިދާޅުވި އެވެ.
އެމީހާ އަމިއްލައަށް މަރުވެފައި ވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.
އަމިއްލަ އަށް މަރުވި މީހާގެ ނިސްބަތްވާ ގައުމާއި އެމީހާ ފުލުހުންގެ ބަންދުގައި ހުރީ ކޮން މައްސަލަ އަކާއި ގުޅިގެންކަން ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު، އެ މީހާ މަރުވި ހަބަރު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާ ކޮށްފައިވާ ކަަމަށް ފުލުހުން ބުނެ އެވެ. ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކުން މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް