ރާއްޖެ ކޯވިޑްގައި އޮތް ހާލަތުން ޑރ. ވަހީދުގެ ސުވާލުތަކެއް!

ކޯވިޑް-19 ގައި ރާއްޖޭގައި ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވެ، ނުރައްކާތެރިކަން އިތުރުވަމުންދާ މިދަނޑިވަޅުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިތްޕުޅުގައި ސުވާލުތަކެއް އުފެދ...

04 May 2021 | 05:11

ކޯވިޑް-19 ގައި ރާއްޖޭގައި ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވެ، ނުރައްކާތެރިކަން އިތުރުވަމުންދާ މިދަނޑިވަޅުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިތްޕުޅުގައި ސުވާލުތަކެއް އުފެދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރޭ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރާއްޖޭގެ ކޯވިޑްގެ މިސްރާބު އިންޑިއާ ނޭޕާލް ފަދަ ގައުމުތަކުގެ ހާލަތަށް ދާން ބޭނުން ނުވާ ކަމަށާއި އެކަމަކު އެ ގައުމުތަކުގައި ފެތުރެމުންދާފަދަ ނުރައްކާތެރި ވޭރިއެންޓުތަކެއް ފެތުރެމުންދާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ބަލީގައި ސީރިއަސް ހާލަތަކަށް ގޮސް އޮކްސިޖަން ދޭން ޖެހޭ މީހުން އިތުރުވަމުން އަންނަ ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު ނޭޕާލް އާއި އިންޑިއާއިން ރާއްޖެއަށް ފަސިންޖަރުން އައުން ހުއްޓާލުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

އެމަނިކުފާނު ވަނީ ނުރައްކާތެރި ވޭރިއެންޓުތަކެއް ރާއްޖޭގައި ފެތުރޭ ކަމަށް ބެލެވޭ ކަމަށް ބުނާއިރު މިއަދާއި ހަމައަށްވެސް އެއީ ކޮން ވޭރިއެންޓެއް ކަން ހޯދިފައި ނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ. އެޗްއީއޯސީން ބުނީ ރާއްޖޭގައި އާ ދެވޭރިއެންޓެއް އުޅޭކަމަށް ބެލެވޭ ކަމަށާއީ އޭގެ ތެރޭގައި ޕީސީއާރު ޓެސްޓަށް ނުދައްކާ ވޭރިއެންޓާއި، ފުއްޕާމެއަށް ވަގުތުން ނިއުމޯނިއާ ޖައްސާ ވޭރިއެންޓެއް ހިމެނޭ ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ދައްކަމުން ދަނީ އިންސާނީ ވަސީލަތް ނެތް ވާހަކައަށް ވާއިރު ބެޑް ކެޕޭސިޓީ އިތުރު ކުރުމުގެ މާނައެެއް ނެތް ކަމަށެވެ.

https://twitter.com/DrWaheedH/status/1389286451024519168

އެޗްއީއޯސީން ރޭ ބުނީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު ސިއްހީ އެހީތެރިންނަށް އެކަށީގެންވާ ހިދުމަތް ނުދެވޭ ހިސާބަށް ކަންތައް ގޯސްވުމުގެ ނުރައްކާ އޮތްކަމަށެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް