ފްރަންޓްލައި އެލަވަންސް މަލާމާތަށް ނިޔާފް: ނާހަން، ބޭނުންވެގެން ނޫޅެން، ނުވެސް ނަގާނަން

ފްރަންޓްލައި އެލަވަންސް އާ ގުޅޭގޮތުން ރައްދުވި މަލާމާތަކަށް ރައްދުދެއްވަމުން ޑޮކްޓަރ އަބްދުﷲ ނިޔާފް ވިދާޅުވީ، ފްރަންޓް ލައިން އެލަވަންސް ގެ ގޮތުގައި އެއްވެސް ރުފިޔާާއެއް ލިބި ނުލައްކާ ކަމަށާއި އަދި އެ...

04 May 2021 | 04:49

ފްރަންޓްލައި އެލަވަންސް އާ ގުޅޭގޮތުން ރައްދުވި މަލާމާތަކަށް ރައްދުދެއްވަމުން ޑޮކްޓަރ އަބްދުﷲ ނިޔާފް ވިދާޅުވީ، ފްރަންޓް ލައިން އެލަވަންސް ގެ ގޮތުގައި އެއްވެސް ރުފިޔާާއެއް ލިބި ނުލައްކާ ކަމަށާއި އަދި އެ ބޭނުންވެގެން ނާހާ ކަމަށެވެ. މީގެ އިތުރުން އެ އެލަވަންސް ބޭނުންވެގެން ވެސް ނޫޅޭ ކަމަށް ވިދާޅުވެ، ނިންމާލަމުން ނިޔާފް ފާހަގަކުރެއްވީ، އެ އެލަވަންސް ނުވެސް ނަގާނެކަމަށެވެ.

ކޮވިޑްގެ މި ދަތި ހާލުގައި މަސައްކަތުގެ މައިދާނުގައި އެންމެ ބުރަކޮށް، އެންމެ ގިނަ ވަގުތު ހޭދަކުރާ ބަޔަކަށް ވާނީ ސިއްޙީ ޚިދުމަތްތެރިންނެވެ. ޓިއުޓީ ގަޑީގެ އިތުރުން އެތައް ވަގުތެއް އެކަމަށް ހޭދަކޮށް، ނުރައްކަލުގެ ތެރޭގައި ަމސައްކަތް ކުރަމުން ދާއިރު، ހަމަގައިމުވެސް އެމީހުނަށްވެސް އެލަވަންސް ހައްގުވާނެއެވެ.

ބައެއް ފަރާތްތަކުން ތުހުމަހު ކުރާ ގޮތުގައި ސިއްޙީ ޚިދުމަތްތެރިން ބޭނުންވަނީ މި ހާލަތު މިގޮތަށް އޮންނާށެވެ. އެއީ އެމީހުނަށް ގިނަތަކެއް ލިބޭތީއެވެ. ނަމަވެސް އެއީ އެކަން އޮންނާނެ ގޮތް ނޫންކަން ވިސްނާލުމުންވެސް އެނގޭނެއެވެ. އެމީހުންގެ ވެސް އާއިލާއެއް އޮންނާނެއެވެ. އުމުރުން ދޮށީ ބޭފުޅުންނާއި ހައި ރިސްކް ބޭފުޅުން ވެސް އާއިލާގައި ތިއްބަވާނެއެވެ. މިނިވަންކަމާ އުފާވެރިކަމާއެކު ކުދިން ގޮވައިގެން ނުކުމެލާ އުޅެންވެސް ބޭނުންވާނެއެވެ. ވީއިރު މިފަދަ ހާލަތެއްގައި އޮތުމަކީ އެކަކުވެސް ބޭނުންވާނެ ކަމެއް ނޫނެވެ.

"ރަންކޮޅާ ފްރަންޓްލައިން އެލަވަންސް އަށް ކިހާވަރެއް ލިބުނު. ޓެސްޓް ހަދާ ކޮން ކްލިނިކްއަށް ބައި ލިބެނީ. ކަނޑު ހިގާ ރަސްއައިނެއްދޯ" ޑރ ނިޔާފް ވިދާޅުވެފައިވާ ބަސްކޮޅެއް ރިޓްވީޓް ކުރުމަށްފަހު މީހަކު ބުނެފައި ވަނީ މިހެންނެވެ.

އެއަށް ރައްދުދެއްވާ ނިޔާފް ވިދާޅުވީ، ސުން ރުފިޔާ ކަމަާއި، 'ނާހަން، ބޭނުންވެގެން ނޫޅެން، ނުވެސް ނަގާނަން' ކަމަށެވެ.

https://twitter.com/niyaf/status/1389327209823825920

ސިއްހީ ޚިދުމަތްތެރިން އުޅެމުންދާ ހާލު ބަޔާންކޮށް، ފާތިމަތު ޒިމްނާ ނަމަކަށް ކިޔާ ފަރާތަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ސިއްހީ ހިދުމަތުގައި ފުރޮންޓްލައިންގައި، ބަލި މީހުންނަށް އެޓެންޑް ވުމަށް ދާން ތިބި މީހުންނަށް ރޯދަ ވީއްލެނީ 8 ވެސް ޖަހާފަހުން ކަމަށެވެ. އަދި ޕީ.ޕީ.އާއި އެއްކޮށް ފެން ފޮދެއް ގެ މިންވަރުވެސް ނުބޮވޭ ކަމަށް އޭނާ ބުނެފައިވެއެވެ.

" ހުރިހާ ގިންތިއެއްގައި މަސައްކަތް ކުރާ ފަރާތްތައް އަވަދި ވެއްޖެ! އެއީ ކޮންމެވެސް މީހެއްގެ ލޯބިވާ މަންމައެއް، ބައްޕައެއް، އާއިލާ މެންބަރެއް، ލޯބިވާ ރަހްމަތްތެރިއެއް! އަހަރުމެން ސިއްހީ ހިދުމަތްތެރީންގެ ހަށިގަނޑު ގެ ގުނަވަންތަކުގައިވެސް، ވަރުބަލިކަން އިހްސާސްކުރެވެން ފަށައިފި. އެތެރެ ހަށީގެ ގުނަވަންތައް ވެސް ބުނާކަހަލަ، މަޑުޖެހިލާށޭ. ސިކުނޑި ބަލިކޮށްލައިފި.

ހިތާމައަކީ މިކަމާއި ވިސްނާ ވެރިއެއް އަދި މީހެއް ނޫޅޭކަން." ޒިމްނާ ބުނެފައި ވެއެވެ.

ޒިމްނާ ބުނީ ދަރިއަކަށް އަޅައި ނުލެވި ދޮޅު އަހަރު ވޭތުވެދާއިރު، އެކުއްޖާ ތަރުބިއްޔަތަށް އިހުމާލުވެވިގެން ހުރީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި މަންމަ އާއި ބައްޕައަކީ ސިއްހީ ހިދުމަތް ތަރިއަކަށް ވީނަމަ، ދަރިފުޅުގެ ހަޔާތުން، މަންމަ އަދި ބައްޕަގެ ލޯބި އަދި އަޅާލުން ބީވެ ދިޔައީ ކަމަށެވެ.

" ލޯބިވާ މައިން ބަފައިންނަށް ގުޅާލާނެ ވަގުތު ނުލިބި، އެމީހުންނަށް އަދާކޮށްދޭން ޖެހޭ ހައްގުތަކަށް އިހްމާލު ވެވިގެންދަނީ.

މިކަންކަމުގެ ސަބަބުން ދުރު މުސްތަގުބަލްގައި އަހަރުމެން ސިއްހީ މަސައްކަތްތެރިން ނަން ، ސިއްހީ އެތަކެއް މައްސަލަތަކެއް ކުރިމަތިވުން ވަރަށް ގާތް. އެވޭންވެސް ތަހައްމަލް ކުރަންޖެހޭނީ އަހަރުމެންނާއި އާއިލާ. މިއަދު އަދާ ކުރާ ޝުކުރުން, މާދަމާ ލިބޭ ނެ އުފަލެއްނެތް." ސިއްހީ ޚިދުމަތްތެރިންނަށް ހަމައެކަނި ޝުކުރު އަދާކޮށްގެން ފަރުނުޖެހޭނެ ކަމަށް ޒިމްނާ ފާހަގަކޮށްފައިވެއެވެ.

ކޮވިޑްގެ މި ނުރައްކާތެރި ދަނޑިވަޅުގައި އެބައެއް އަހަރެމެން ޚިދުމަތް ކުރުމުގައި ދެމިތިބި ޚިދުމަތްތެރިންގެ އަގު އަހަރެމެން ވަޒަންކުރަން ޖެހެއެވެ. ހިތު ހުރި އެއްޗެއް ކިޔާއިރު، އެފަރާތްތަކުން އަހަރެމެންނަށްޓަކައި ވަމުންދާ ޤުރުބާނީ ހަނދާންނައްތާލައިގެން ނުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް