މާންދޫ ކްލަސްޓާއާއި ގުޅުން ނެތް މީހަކު އިސްދޫން ޕޮޒިޓިވް ވެއްޖެ

ލ. މާންދޫއިން ފެނި އެ އަތޮޅުގެ ފަސް ރަށަކަށް ފެތުރިފައިވާ މާންދޫ ކްލަސްޓާއާއި ގުޅުން ނެތް މީހަކު ލ. އިސްދޫން ޕޮޒިޓިވް ވެއްޖެއެވެ. މިކަން ހާމަކޮށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޖެނެރަލް މެނޭޖަރ އަލީ ނަޝީދ...

04 May 2021 | 00:06

ލ. މާންދޫއިން ފެނި އެ އަތޮޅުގެ ފަސް ރަށަކަށް ފެތުރިފައިވާ މާންދޫ ކްލަސްޓާއާއި ގުޅުން ނެތް މީހަކު ލ. އިސްދޫން ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހާމަކޮށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޖެނެރަލް މެނޭޖަރ އަލީ ނަޝީދު ވިދާޅުވެފައިވަނީ ޕޮޒިޓިވް ވެފައިވަނީ އިސްދޫއިން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހެއް ކަމަށެވެ.

މި ކޭސްއާއި ގުޅިގެން އަދި އެ ރަށުގައި މޮނީޓަރިން ހާލަތު އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ރަށުގެ ހަ ގެ އެއް މި ކޭސްއާއި ގުޅިގެން މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

މި ކޭސްއާއެކު ލ. އިސްދޫގައި ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ ތިނަކަށް އަރާފައެވެ. އަނެއް ދެކޭސް އަކީ މާންދޫ ކްލަސްޓާއާއި ގުޅުންހުރި ދެ ކޭސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް