މިނިސްޓަރުކަމުން ވަކިކޮށް، ޒަހާ ރައީސް އޮފީހަށް

މިނިސްޓަރުކަމުން ވަކިކޮށް، ޒަހާ ވަހީދު ރައީސް އޮފީހަށް ބަދަލުކުރަން ނިންމައިފިއެވެ. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޒަހާ މަގާމުން ވަކިކޮށް، އެކަން  ޒަހާ އަށް އަންފާގައިވަނީ ވަނީ، މިރޭ 12 ...

03 May 2021 | 20:54

މިނިސްޓަރުކަމުން ވަކިކޮށް، ޒަހާ ވަހީދު ރައީސް އޮފީހަށް ބަދަލުކުރަން ނިންމައިފިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޒަހާ މަގާމުން ވަކިކޮށް، އެކަން  ޒަހާ އަށް އަންފާގައިވަނީ ވަނީ، މިރޭ 12 ޖަހާކަންކާއިރުއެވެ. 'ދުވަސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހާ ވަކިކޮށްފައިވާކަން އެންގީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޯނުން ގުޅުއްވުމަށްފަހުގައެވެ.

އަދި ރައީސް އޮފީހަށް ޒަހާ ބަދަލު ކުރިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ބަދަލުކުރީ ކޮން މަގާމަކަށް ކަން ކަށަވަރެއް ނުވެއެވެ.

ޒަހާ އަކީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފަރާތުން މިނިސްޓަރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ޒަހާ ވަކިވުމާއެކު، ކެބިނެޓްގައި ބާކީ ތިބޭނީ އެމްއާރްއެމްގެ ދެ ބޭފުޅުންނެވެ.

ކެބިނެޓަށް ބަދަލުތަކެއް ގެންނަން އުޅޭކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ބަދަލުތައް ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް