އަލީ ވަހީދާއި އިމްރާންގެ ބަންދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލްކުރަން ހައި ކޯޓަށް ހުށަހަޅަން މިއަދު އެދެފި އެވެ. އެ ދެ ބޭފު...

04 May 2015 | 08:22

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލްކުރަން ހައި ކޯޓަށް ހުށަހަޅަން މިއަދު އެދެފި އެވެ.

އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލަކީ ހުސްނުއްސުއޫދެވެ.

އަލީ ވަހީދާއި އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ. އެ ތިން މީހުން ވެސް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހައްޔަރު ކުރީ މުޖުތަމައުގައި ހަމަނުޖެހުން އުފެދުމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އެވެ.

އަމީންގެ ބަންދުގެ މައްސަލަ އަދި އިސްތިނާފަށް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް އެ މައްސަަވެސް ހުށަހަޅަން ވަނީ ނިންމާފަ އެވެ. އަމީންގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން ކޯޓުގައި އެދިފައިވަނީ މުޖުތަމައުގައި ހަމަނުޖެހުން އުފެދިދާނެ ވާހަކަ ދެއްކިޔަ ނުދިނުމަށްޓަކައި ކަމަށް ބުނެ އެވެ.

އަލީ ވަހީދާއި އިމްރާންގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާއިރު އެބޭފުޅުންނާއި ބައްދަލު ކުރުމަށް ގާނޫނީ ވަކީލުންނަށާއި ޕާޓީތަކަށް އުނދަގޫތަކާއި ކުރިމަތިވަމުން ދާކަމަށް އެ ދެ ޕާޓީން އިއްޔެ ވަނީ ބުނެފަ އެވެ.

މިއަދު އަދާލަތު ޕާޓިންވެސް ވަނީ ޝައިހް އިމްރާނާއި ބައްދަލު ކުރަން އެދުމުން ފުލުހުން އެކަން ހަމަޖައްސައިދީފައި ނުވާކަމަށް ބުނެ އެކަން ކުށްވެއްރިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް