އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާޤީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި މީހަކު ގއ. ނިލަންދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 3 ވަނަ ދުވަހު ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ދުވަހުގެ 16:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށްބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި މިމައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގއ. މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް