ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ފަިއދާއެއް ލިބުނު ކުންފުންޏަކަށް ދިރާގު ވެއްޖެ އެވެ.
ދިރާގުން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް 185.5 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. ޖުމްލަ އެ ކުންފުންޏަށް 585.3 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.
އާއްމުކޮށް ހިއްސާ ވިއްކާފައިވާ ކުންފުނިތަކުގެ ތެރެއިން މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ ވެސް ދިރާގަށެވެ. ދެ ވަނަ އަށް އެންމެ ބޮޑު ފައިދާއެއް ބީއެމްއެލް އަށް ލިބުނުއިރު ތިން ވަނައިގައި އުޅެނީ އެސްޓީއޯ އެވެ.
ދިރާގުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 227.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް 2.44ރ. ޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް