ސްޓޭޓް ޓްރޭޑިން އޮގައިނައިޒޭޝަން (އެސްޓީއޯ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 77.4 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.
އެކުންފުނިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން 92.6 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 55 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 132.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން ހިއްސާއަކަށް ފައިދާގެ ގޮތުގައި 68.76ރ. ޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް