މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ފައިދާގެ ގޮތުގައި 41.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 219.2 މިލިއަން ރުފިޔާ އެވެ. ޖުމްލަ ފައިދާގެ ގޮތުގައި 50 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މީގެ އިތުރުން ސަރުކާރުން ސަބްސިޑީގެ ގޮތުގައި މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 9.1 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އެމްޓީސީސީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 93.9 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް