ފުރަތަމަ ހަތަރު މަހު ބީއެމްއެލްއަށް 110 މިލިޔަން ރުފިޔާގެ ފައިދާ

ބޭންކް އޮފް މޯލްޑިވްސް އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 110.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ...

04 May 2015 | 07:47

ބޭންކް އޮފް މޯލްޑިވްސް އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 110.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި 379.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ބޭންކަށް މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 71.3 މިލިއަން ރުފިޔާ އެވެ.

އިންޓްރެސްޓާއި އެފަދަ އާމްދަނީގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 228.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބީއެމްއެލްގެ ހިސާބުތައް ދައްކާ ގޮތުން ޕްރޮވިޝަން ނުވަތަ އަނބުރާ ނުލިބޭނެ ކަމަށް ބެލެވޭ ލޯނު ފައިސާގެ ގޮތުގައި 48.1 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ތެރެއިން އުނިކޮށްފައިވެ އެވެ.

އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަތަރު މަސް ދުވަހުގެ ފައިދާ އިން ހިއްސާއަކަށް ފައިދާގެ ގޮތުގައި 82ރ. ޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް