ޣައްޒާގައި އަހަރެމެންގެ އޮޕަރޭޝަން ހުއްޓާލަން ޖެހިއްޖެ: ވޯލްޑް ފުޑް ޕްރޮގްރާމް

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ އޮޕަރޭޝަން މަޑުމަޑުން ހުއްޓުމަކަށް ގެންނަން މަޖުބޫރުވަމުން އަންނަ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ. ޑަބ...

04 Apr 2025 | 14:34

ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ އޮޕަރޭޝަން މަޑުމަޑުން ހުއްޓުމަކަށް ގެންނަން މަޖުބޫރުވަމުން އަންނަ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ.

ޑަބްލިއުއެފްޕީއިން މިއަދު ބުނެފައިވަނީ ޣައްޒާގައި އެ ޖަމުޢިއްޔާއިން ޣައްޒާގައި ހިންގަމުން ދިޔަ ހުރިހާ ބޭކަރީއެއް މިހާރު ވަނީ ޚިދުމަތް ހުއްޓާލާފައި ކަމަށެވެ. ޚިދުމަތް ކުރިއަށްގެންދަން އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

"އެންމެ ފަހުން ހުރި ކާބޯތަކެތީގެ ޕާރްސަލްތައް މި ހަފްތާގައި ބަހާ ނިމިއްޖެ، ހޫނު ބައެއް ކެއުންތައް އަދި އެބަ ފޯރުކޮށްދެވޭ އެހެނަސް ސަޕްލައި ވަރަށްވެސް މަދު" ޑަބްލިއުއެފްޕީއިން ބުނެފައިވެއެވެ.

އެ ޖަމުޢިއްޔާއިން ބުނެފައިވަނީ އެންމެ ފަހުން ހުރި ކާބޯތަކެތީގެ ޕާރްސަލްތައް މި ހަފްތާގައި ބަހާ ހުސްވެފައިވާއިރު އެ ޕާރްސަލްތަކުން ޢާއިލާތަކަށް އެންމެ ޒަރޫރީ ކާބޯތަކެތީގެ ރައްކާތެރިކަން ލިބިގެންދާނީ ގިނަވެގެން ހަފްތާއެއްހާ ދުވަހަށް ކަމަށެވެ.

ހޫނު ކެއުންތައް އަދި ފޯރުކޮށްދެމުން ދިޔަނަމަވެސް ބާކީ ހުރި ތަކެތިން ގިނަވެގެން އެ ޚިދުމަތްވެސް ދެވޭނީ ދެ ހަފްތާގެ މުއްދަތަށް ކަމަށްވެސް ބުނެފައިވެއެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުންދިޔަ ހަމަލަތައް ދުވަސްތަކަކަށް މެދުކަނޑާލައި އެހީގެ ގާފިލާތައް ޣައްޒާއަށް ވަނުމުގެ ފުރުޞަތު ދުވަސްކޮޅަކަށް އިސްރާއީލުން ހުޅުވާލި ނަމަވެސް މިދިޔަ މަހުގެ މާރިޗް މަހުން ފެށިގެން އަނެއްކާވެސް އެ މަގު ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް