ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ، އަނދާ ހުލި

އއ. ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އއ. ހިމަންދޫ ބަނދަރުގައި އޮތް "ކައެލް ވިންގް" ނަމަކަށް ކިޔާ ލޯންޗެއްގ...

04 Apr 2025 | 09:53

އއ. ހިމަންދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އއ. ހިމަންދޫ ބަނދަރުގައި އޮތް "ކައެލް ވިންގް" ނަމަކަށް ކިޔާ ލޯންޗެއްގައި އަލިފާން ރޯވެފައިވާމައްސަލަ މިއަދު ހެނދުނު 05:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ ފުލުހުންނާއި ރަށު ކައުންސިލާއި އާންމުން ގުޅިގެން ކުރި މަސައްކަތުން 06:26 ހާއިރު" ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގިއިރު ލޯންޗްގައި ކެޕްޓަނާއި ދެ ކްރޫއިން އަދި ކުޑަކުއްޖެއް ހުރި ކަމަށާއި ކްރޫންނަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވި ނަމަވެސް ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އަލިފާން ރޯވި ލޯންޗު ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައި ފަޅުތެރެއަށް އަޑިއަށް ގޮސްފައި ކަމަށާއި މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް