ދުނިޔޭގެ ދަތުގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލުން ދަތް ބްލީޗްކުރާ ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތް ސާފުކުރާ "ސިމްޕަލް ސްކޭލިންގ" ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ޕްރޮމޯޝަންގެ ތެރޭގައި ދަތް ބްލީޗްކުރުމުގެ ޚިދުމަތް ޙިޔާރުކުރައްވާ ފަރާތްތަކަށް ހިލޭ ސިމްޕަލް ސްކޭލިންގެ ޚިދުމަތް ލިބިގެން ދާނެއެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ މާރިޗް މަހުގެ 28 ވަނަ ދުވަހުން އޭޕްރިލް 18 ގެ ނިޔަލަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓް: ތަޖުރިބާއާއި އެންމެ މަތީ ފެންވަރުގެ ފަރުވާ
ޓްރީޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމުން އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި، ފަރުވާ ހޯދާ ފަރާތައް އެންމެ މަތީ ފެންވަރުގެ ފަރުވާ ލިބިގެންދާނެއެވެ. ޓްރީޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓަކީ ދަތުގެ އެކި ބަލިތަކަށް ފަރުވާ ދެވޭނެ ފެންވަރުގެ ގާބިލުކަން ހުރި ތަޖުރިބާކާރު، ޕްރޮފެޝަނަލް ޓީމެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ޞިއްޙީ ޚިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްފޯރުކޮށްދިނުމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 3351610 އަށް ގުޅުއްވާ، ނުވަތަ [email protected] އީމެއިލް ކުރައްވާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް