އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް އުފުލާ ޖިނާއީ ދައުވާގައި އޭނާ އަމާންދީ ކޯޓަށް ވަޑައިގެންނެވުމުން ހައްޔަރުކޮށްފިއެވެ.
އެ ދައުވާތަކާއި ކުރިމަތިލުމަށް ޓްރަމްޕް ވަނީ ކޯޓަށް އަމިއްލައަށް ވަޑައިގެންފައެވެ.
ޓްރަމްޕްގެ މައްޗަށް ކުރާ ޖިނާއީ ތުހުމަތަކީ ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާއެކު ޖިންސީ ގުޅުން ހިންގިކަން ހާމަނުކުރުމަށް ސްޓޯމީއަށް ރިޝްވަތުގެ ގޮތުގައި 130،000 ޑޮލަރުގެ ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތާއި އަދި ގާނޫނީ ވަކީލު މެދުވެރިކޮށް އެ މުއާމަލާތް ހިންގި އިރު އަސްލު އޮޅުވާލުމަށް ގާނޫނީ ވަކީލުގެ އެކައުންޓަށް 420،000 ޑޮލަރު ޖަމާކުރި ކަމުގެ ތުހުމަތެވެ.
މިކަން އެންމެ ފުރަތަމަ ފެންމަތިވީ 2016 ވަނަ އަހަރު ޓްރަމްޕްގެ ކެމްޕޭނުގެ ތެރޭގައެވެ. ނަމަވެސް ފަހުން ޓްރަމްޕްގެ ފަރާތުން އޭރު މުއާމަލާތް ކުރި ގާނޫނީ ވަކީލު ވަނީ ޓްރަމްޕާއި ދެކޮޅަށް ހެކިބަސްދީ އޭނާ މެދުވެރިކޮށް ސްޓޯމީއަށް އެ އަދަދަށް ފައިސާ ދިންކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް