ފިންލޭންޑް ނޭޓޯގެ މެމްބަރު ގައުމަކަށް ވެއްޖެ

ފިންލޭންޑް ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި ކަނޑައަޅައި ރަސްމީކޮށް ދިދަ ނަގައިފި އެވެ. ނޭޓޯ ގައުމުތަކުގެ ރަސްމީ އިދާރާ ހުންނަނީ އޮސްޓްރޭލިއާގެ ބްރަސަލްސްގައި އެވެ. ފިންލެންޑްވެފައިވަނީ އެ ޖަމާއަތުގ...

04 Apr 2023 | 18:47

ފިންލޭންޑް ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި ކަނޑައަޅައި ރަސްމީކޮށް ދިދަ ނަގައިފި އެވެ.

ނޭޓޯ ގައުމުތަކުގެ ރަސްމީ އިދާރާ ހުންނަނީ އޮސްޓްރޭލިއާގެ ބްރަސަލްސްގައި އެވެ. ފިންލެންޑްވެފައިވަނީ އެ ޖަމާއަތުގެ31 ވަނަ މެމްބަރު ގައުމަށެވެ.

ފިންލެންޑުން ނޭޓޯ އާއި ގުޅެން ނިންމީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން އެގައުމަށް އޮތް ނުރައްކަލުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.އެ ގައުމުން ގަބޫލު ކުރާ ގޮތުގައި ރަޝިއާއަކީ ފިންލެންޑަށްވެސް އޮތް ނުރައްކަލެކެވެ.

ފިންލެންޑުގެ އިތުރުން ނޭޓޯގެ މެމްބަރަކަށް ވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ސްވިޑެން އެވެ. އެގައުމަށް ނޭޓޯގެ މެމްބަރުކަން ނުލިބިގެން އުޅެނީ ތުރުކީ އާއި ހަންގޭރީގެ ތާއީދު ނުލިބިގެންނެވެ.

ނޭޓޯގެ މިހާރުގެ ގަވައިދު ބުނާގޮތުން އާ ގައުމެއް މެމްބަރު ގައުމަކަށް ހެދޭނީ އެ ޖަމާއަތުގައި ހިމެނޭ ހުރިހާ ގައުމެއްގެ ރުހުން ލިބިގެންނެވެ.

ސްވިޑެން މެމްބަރު ގައުމަކަށް ހެދުމަށް ތުރުކީން ދެކޮޅު ހަދަނީ ކީރިތި ޤުރުއާން އަންދާލި މައްސަލަތަކާއި ގުޅިގެން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އެވެ.

އެ ޖަމާއަތުގެ ގައުމަކަށް ވުމަށް ގައުމުތަކުން މަސައްކަތް ކުރަނީ ނޭޓޯގެ މެމްބަރު ގައުމަކަށް، އެހެން ގައުމަކުން ހަމަލާއެއް ދީފިނަމަ، އެޖަމިއްޔާގެ ހުރިހާ ގައުމެއް އެގައުމެއްގެ ދިފާއުގައި ތެދުވެ ރައްދު ހަމަލާ ދޭނެތީ ގައުމު ދިފާއު ކުރުމުގެ ބޭނުމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް