ރައީސް ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފު ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑ...

04 Apr 2023 | 09:14

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މި ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެކަމަކު އިސްތިއުނާފްގެ ބައެއް ކަންކަން އިސްލާހުކުރަން އެންގުމަށްފަހު ފަހުން އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައިވަނީ މިއަދު އެވެ.

މައްސަލަ ބަލައިގެންފައި މިވަނީ މައްސަލަ ބަލައިގަތުން ލަސްވެގެން އިދިކޮޅު ކޯލިޝަނުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދަނިކޮށެވެ.

މި މައްސަލަ ފެބްރުއަރީ މަހު ހުށަހެޅުމަށް ފަހު ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ އިސްތިއުފާނު ބަލައިގެން މައްސަލަ ފަށައިފި ނަމަ މިދިޔަ މާޗް މަސް ނިމުމުގެ ކުރިން ޔާމީން މިނިވަންވެވަޑައިގެންނަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް