މިނީ ބަހަކުން ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހިއްޖެ

މިނީބަހެއް ކޮންޓްރޯލް ނުކުރެވި ޕާކިން ޒޯނުގައި ހުރި ސައިކަލު ތަކެއްގައި ޖެހި، ސައިކަލުތަކަށް ގެއްލުން ވެއްޖެއެވެ. މިއަދު ހެނދުނު މާލޭގައި މި ހާދިސާ ހިނގީ އިސްލާމީ މަރުކަޒު ކައިރިން ދަތުރު ކުރި ބަސް އަ...

04 Apr 2023 | 08:44

މިނީބަހެއް ކޮންޓްރޯލް ނުކުރެވި ޕާކިން ޒޯނުގައި ހުރި ސައިކަލު ތަކެއްގައި ޖެހި، ސައިކަލުތަކަށް ގެއްލުން ވެއްޖެއެވެ.

މިއަދު ހެނދުނު މާލޭގައި މި ހާދިސާ ހިނގީ އިސްލާމީ މަރުކަޒު ކައިރިން ދަތުރު ކުރި ބަސް އަމީރު އަހުމަދު މަގުގެ ޖުމްހޫރީ މައިދާން ބަސް ސްޓޮޕަށް މަޑު ކުރަން އުޅުމުގެ ތެރޭގައި އެވެ.

ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެކަމަކު މި ހާދިސާގައި އެ ސްޓޮޕް ކައިރީ ޕާކުކޮށްފައި ހުރި ހަތް ސައިކަލު ވެއްޓި އެކި ވަރުގެ ގެއްލުންވެފައިވެ އެވެ.

މި ކަމާއި ގުޅިގެން ފުލުހުން އަދި އެމްޓީސީސީން އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް