ރައީސުލް ޖުމްހޫރިއްޔާ، އެކައުންޓަންޓް ޖެނެރަލްގެ މަޤާމު އުފައްދަވައި އެ މަޤާމަށް މުޙައްމަދު އާޒާދު އައްޔަން ކުރައްވައިފިއެވެ.
އެކައުންޓަންޓް ޖެނެރަލަކީ މާލިއްޔަތު ގާނޫނުގެ ދަށުން އައްޔަންކުރަންޖެހޭ މަގާމެކެވެ.
އެ ގާނޫނުގެ 44 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބަލަހައްޓައި ހިންގުމަށްޓަކައި މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލްއެއް ހުންނަންވާނެކަމަށެވެ.
އެކައުންޓަންޓް ޖެނެރަލްގެ މަސްއޫލިއްޔަތުތައް
ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި ހިންގުން
ދައުލަތުގެ ފައިސާ ބަލައިގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ހަރަދުކުރެވެނީ، ނުވަތަ އިންވެސްޓްކުރެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން
ދައުލަތުގެ މުދާ ގަނެވެނީ، ނުވަތަ ރައްކާތެރިކަމާއެކު ބެލެހެއްޓެނީ، ނުވަތަ ބޭނުންކުރެވެނީ، ނުވަތަ ވިއްކެނީ، ނުވަތަ ނައްތާލެވެނީ،ނުވަތަ ދޫކޮށްލެވެނީ މި ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތު އަދާކުރުން
މާލިއްޔަތު ގާނޫނުގައިވާގޮތުން މި މަގާމަށް މީހަކު އައްޔަންކުރާނީ މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް