އަމާން އުދަރެސް ފްލެޓުތަކުގެ ބައެއް އިމާރާތްތައް ނިމެނީ: އަސްލަމް

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތް ކުރަމުންދާ އަމާން އުދަރެސް ފްލެޓުތަކުގެ ބައެއް އިމާރާތްތައް ނިމުމަކާއި ގާތްވެފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ...

04 Apr 2023 | 08:12

މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތް ކުރަމުންދާ އަމާން އުދަރެސް ފްލެޓުތަކުގެ ބައެއް އިމާރާތްތައް ނިމުމަކާއި ގާތްވެފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އަޅަމުންދާ އިމާރާތްތަކުގައި އެޅުނީ ކިތަން ޝީޓު ކަމެއް ދަންނަވަން ނޭނގޭ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފިނިޝިން މަސައްކަތައް ކުރިޔަށްދާ ކަމަށް ވިދާޅުވި އެވެ.

އަދި މަޝްރޫއު ކުރިޔަށް ދަނީ ރަނގަޅަށް ކަމަށް ވިދާޅުވި އެވެ.

މި މަޝްރޫއުއަކީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. ކޮންމެ ކުންފުންޏަކުން 2،000 ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މީގެ ތެރެއިން16 ޓަވަރެއް އޮގަސްޓު މަހު ނިންމައި، ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅެން ފެށޭވަރު ކުރާނެ ކަމަށެވެ. އަދި މި ސަރުކާރަކީ ދައުރެއް ނިމުމުގެ ކުރިން އާންމުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ފުރަތަމަ ސަރުކާރަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް