ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އާސިމް އަހްމަދު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަންވެސް ކުރައްވަމުންގެންދަވާ އާސިމް މިއަދު ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ޒަޢާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފއިވާ ތަރައްޤީ އާއި ކުރިއެރުމާއި ޢިޖުތިމާޢީ ހަމަޖެހުން ދެމެހެއް ޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމަވާފައިވާކަމަށެވެ.
އާސިމް ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާއިރު ޖޭޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަންނަނީ ގާސިމް ދޫކުރައްވައި ރައީސް ސޯލިހަށް ތާއީދު ކުރައްވަމުންނެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު ސަމީރާއި އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދުގެ އިތުރުންވެސް ބައެއް ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް