ކަޝްމީރުގައި ސަބް ޒީރޯ ޓެމްޕަރޭޗަރގައި މަޝްރޫމް ހައްދަނީ

ދެކުނު ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓްގެ ގަންގޫ ސަރަހައްދުގެ ދަނޑުވެރިއެއް ކަމަށްވާ ނާޒިރު އަހުމަދު ދާރު ވަނީ ފިނިމޫސުމުގައި ފިނިހޫނުމިން ސުމަކަށްވުރެ ދަށުގައި ހުއްޓާ މަޝްރޫމް އިންދާ އުފެއްދުމުގައި ފ...

04 Apr 2023 | 07:12

ދެކުނު ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓްގެ ގަންގޫ ސަރަހައްދުގެ ދަނޑުވެރިއެއް ކަމަށްވާ ނާޒިރު އަހުމަދު ދާރު ވަނީ ފިނިމޫސުމުގައި ފިނިހޫނުމިން ސުމަކަށްވުރެ ދަށުގައި ހުއްޓާ މަޝްރޫމް އިންދާ އުފެއްދުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް މިވަނީ ހޯދާފައެވެ.

ޕުލްވާމާއަކީ ކިރު، ސެފްރަން، ތަރުކާރީ، އާފަލު އަދި މަޝްރޫމްވެސް ފައިދާ ހުރި ގޮތެއްގައި އުފައްދާ ސަރަހައްދެކެވެ. ކަޝްމީރު ވާދީގައި ފިނި މޫސުމުގައި ބޯކޮށް ސްނޯ ވެހި ސުމަކަށް ފިނިހޫނުމިން ހުރި ނަމަވެސް ނާޒިރު އަހުމަދު ވަނީ މަޝްރޫމް އިންދުމުގެ ޔުނިޓެއް ހަދައި ކާމިޔާބުކަމާއެކު މިކަން ހާސިލްކޮށްފައެވެ.

"މިއީ އަޅުގަނޑުގެ ވަރުބަލިކަމެއް ނެތް ބުރަ މަސައްކަތާއި އެގްރިކަލްޗާ ޑިޕާޓްމަންޓުގެ ތަޖުރިބާކާރުންގެ ބޭނުންތެރި ލަފާގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ.

ނާޒިރު މަޝްރޫމް އިންދުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރގެ އިރުޝާދު ހޯދާ އޭނާ މި މަސައްކަތްދަނީ ފުޅާކުރަމުންނެވެ. އަދި އޭނާ މިކަން އެކަނި ކުރިނަމަވެސް، ޑިޕާޓްމަންޓުގެ އޮފިޝަލުން ގަވައިދުން އޭނާގެ މަސައްކަތް ސުޕަވައިޒްކުރަމުންދެއެވެ.

ފެބްރުއަރީ މަހު ނަޒީރު އަހުމަދު ވަނީ ފިނިމޫސުމުގައި މަޝްރޫމް އިންދުމުގައި އެކްޕެރިމެންޓަލް މަސައްކަތްތަކެއްކޮށް ކާމިޔާބީ ހޯދާފައެވެ. އާންމުކޮށް ކަޝްމީރުގައި އިންދެނީ ދެ ބާވަތެއްގެ މަޝްރޫމް ނަމަވެސް، ނާޒިރު ވަނީ ތިން ވަނަ ބާބަތެއްވެސް ކާމިޔާބުކަމާއެކު އިންދާފައެވެ.

ޕުލްވާމާ މަޝްރޫމް ޑިވެލޮޕްމަންޓް އޮފިސަރު ޝައުކަތު އަހުމަދު ވިދާޅުވީ ނާޒިރު އަހުމަދުގެ އަމިއްލަ އިސްނެގުމަކީ އޭނާގެ އާމްދަނީ އިތުރަށް އިތުރުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

މިހާރު މަޝްރޫމް ހެއްދުމަކީ ޕުލްވާމާ ޑިސްޓްރިކްޓްގެ ލޯކަލް ރައްޔިތުންނަށް އާމްދަނީގެ އިތުރު މަސްދަރަކަށް މިވަނީ ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް