ފިކުރެއްގެ ދިރުމުގެ މަޖިލީސް މެމްބަރުންނަށް ފިޔަވަޅު އަޅަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދައިގެން އުޅުއްވާ ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ފިޔަވަޅު އަޅަން އެދިއްޖެ އެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމަށް ފޮނުއްވ...

04 Apr 2023 | 06:37

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދައިގެން އުޅުއްވާ ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ފިޔަވަޅު އަޅަން އެދިއްޖެ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީއެއްގައި މިކަމަށް އެދިވަޑައިގެންނެވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީއެވެ.

އެ ސިޓީގައި ވިދާޅުވީ ފިކުރެއްގެ ދިރުމުގެ މެންބަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެކި ގަރާރުތައް ހުށަހަޅައި ކޮމިޓީތަކުގައި ވެސް އެ ރޫހުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ފިކުރެއްގެ ދިރުން ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް ހައްދައިގެން ކޮމިޓީތަކުގައި މަސައްކަތް ކުރަމުން ގެންދާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި މެންބަރުން މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެ ކޮމިޓީތަކުން ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހަޅައި ދިނުމަށް ޗީފް ވިޕްގެ ހައިސިއްޔަތުން އެދި ދެންނަވާކަމަށް މުޣްނީ ވިދާޅުވެފައިވެ އެވެ.

ނަޝީދު އެމްޑީޕީ އާއި ވަކިން މަސައްކަތް ކުރައްވަން ފެއްޓެވީ ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވުމުންނެވެ. އެމަނިކުފާނަށް ތާއީދުކޮށް ފިކުރެއްގެ ދިރުމުގައި12 މެމްބަރުން އެބަތިއްބެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް