މާލޭގައި ފުލުހުންނަށް ފިލަން ދުއްވި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ރޭގައި ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު 01:03 އެހާކަންހާއިރު ގަޑިބުރު ކައިރިން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ނަލަހިޔާ ކައިރިން އިތުރު ދެ ސައިކަލްގައި ޖެހި އެކްސިޑެންޓް ވި ކަމަށެވެ.
"އެކްސިޑެންޓް ވުމުންވެސް ސައިކަލު މަޑުނުކޮށް ދާން މަސައްކަތް އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ސައިކަލުގައި ތިބި ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ސައިކަލު ދުއްވާފައިވަނީ ލައިސަންސް ނެތް މީހެއް ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް