ބަންގްލަދޭޝް ބަންގްބާޒާރުގައި ބޮޑު އަލިފާނުގެ ހާދިސާއެއް - ކޮންޓްރޯލު ނުކުރެވި ފަސް ގަޑިއިރު

ބަންގްލަދޭޝް ގެ ބަންގްބާޒާރުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލު ކުރުމުގެ މަސައްކަތް އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ކުރަމުން އެބަ ގެންދެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ...

04 Apr 2023 | 04:39

ބަންގްލަދޭޝް ގެ ބަންގްބާޒާރުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލު ކުރުމުގެ މަސައްކަތް އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ކުރަމުން އެބަ ގެންދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގާމެންޓްސް މާކެޓެއްގެ ގޮތުގައި މަޝްހޫރު ބަންގްބާޒާރުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދު އެ ގައުމުގެ ގަޑިން 06:10 ހާއިރުގައެވެ. ރާއްޖޭ ގަޑިން ފަތިހު 5:10 ހާއިރުގައެވެ.

އަލިފާން ކޮންޓްރޯލު ނުވެ ކައިރި އިމާރާތްތަކަށްވެސް ފެތުރެމުން އަންނައިރު އަލިފާން ކޮންޓްރޯލް ކުރުމަށް ފަޔަރ އެންޑް ރެސްކިއު 47 ޓީމެއް އެ ބާޒާރުގެ އެކި ދިމާލުން މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަލިފާން ކޮންޓްރޯލު ނުވެ ގާތްގަނޑަކަށް ފަސް ގަޑިއިރުވާން ގާތްވެފައިވާއިރު ހާދިސާގައި މީހަކު މަރުވިކަން އަދި އެނގިފައިނުވާކަމަށް ބަންގްލަދޭޝްގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް