އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ ފިނޭންސްގެ މަގާމަށް ޒަރީރު އައްޔަންކޮށްފި

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ ފިނޭންސްގެ މަގާމަށް ހުސެއިން ޒަރީރު އައްޔަންކޮށްފިއެވެ. އުރީދޫ އިން ބުނީ ޒަރީރު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އެގޮތުން، އުރީދޫން ބުނީ، ޒަ...

04 Apr 2022 | 14:43

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ ފިނޭންސްގެ މަގާމަށް ހުސެއިން ޒަރީރު އައްޔަންކޮށްފިއެވެ.

އުރީދޫ އިން ބުނީ ޒަރީރު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

އެގޮތުން، އުރީދޫން ބުނީ، ޒަރީރަކީ ފައިނޭންސްގެ ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ. އަދި އުރީދޫގެ ޑިރެކްޓާ ފިނޭންސްގެ މަގާމަށް ޒަރީރު އައްޔަންކުރުމުގެ ކުރިން އޭނާ ވަނީ އޫރީދުގެ ފައިނޭންސް ޑިޕާޓްމެންޓުގައި 15 އަހަރު ދުވަހު މަތީ މަގާމުތަކެއް އަދާކުރައްވައިފައެވެ.

2005 ވަނަ އަހަރުން 2020 ވަނަ އަހަރުގެ ނިޔަލަށް ޒަރީރު ވަނީ އުރީދޫގެ ފައިނޭންޝިއަލް އެންޑް މެނޭޖްމެންޓް އެކައުންޓިން، ފައިނޭންޝިއަލް ޕްލޭނިން، ބަޖެޓިން، ފައިނޭންޝިއަލް ކޮންޓްރޯލް، ޑިޖިޓަލް ސްޓެރެޖެޓީ ޑިވެލޮޕްމެންޓް އަދި ޕްރޮޖެކްޓް މެނޭޖްމެންޓްގެ އިސްމަގާމުތަކެއް އަދާކުރައްވައިފައެވެ. އަދި ޒަރީރުއަކީ އިންސިޓިޓިއުޓް އޮފް ފައިނޭންޝިއަލް އެކައުންޓިސްގެ މެންބަރަކެވެ.

ޒަރީރު ވަނީ އިނގިރޭސިވިލާތުން އިންސިޓިޓިއުޓް އޮފް ފައިނޭންޝިއަލް އެކައުންޓިސްގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ.

މީގެ އިތުރުން ޒަރީރު ވަނީ އުރިދޫން ކުރިއަށް ގެންދިޔަ އެކިއެކި ޑިވެލޮޕްމެންޓް ކޯސްތައް ފުރިހަމަކުރައްވައިފައެވެ.

އޭގެ ތެރޭގައި އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް ޑިވެލޮޕްމެންޓާ ގުޅިގެން އުރީދޫން ކުރިއަށް ގެންދިޔަ ލީޑާޝިޕް ޕްރޮގްރާމް ވެސް ހިމެނެއެވެ. އުރީދޫން ބުނީ ޒަރީރުގެ ބެއްލެވުމުގެދަށުން އެ ކުންފުނިން އިތުރު ކާމިޔާބީތައް ހާސިލް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް