އެމްޕީއެލް ސަރަހައްދުގައި ހަންތަކެއްގައި ބަންދުކޮށްފައިވާ ކެމިކަލް ތަކެއް ލީކުވުމާއި ގުޅިގެން އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ކެމިކަލް ލީކުވުމާ ގުޅިގެން ވެސްޓް ޕާކާއި ދިމާ ބޮޑުތަކުރުފާނު މަގުގައި އެމްޕީއެލް ހިމެނޭ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނީ، ކެމިކަލް ލީކުވެފައިވަނީ ބަންދުކޮށްފައި ހުރި ހަންތަކަކުން ކަމަށެވެ.
ކެމިކަލް ލީކުވުމާ ގުޅިގެން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރަމުން އަންނަ ކަމަށެވެ.
އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް