ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރުކުރަން ފިޔަވަޅުތަކެއް އަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފިއެވެ.
އީސީން މިއަދު ބުނީ މި މަހުން ފެށިގެން ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތުތައް އީސީގެ ވެބްސައިޓުގައި އާއްމުކުރަން ފަށާނެ ކަމަށެވެ.
އޭގެ އިތުރުން، ޕާޓީއަކަށް ވަންނަން އެދޭ މީހާއަށް ވެސް މެސެޖަކުން އެކަން އަންގާނެ ކަމަށް އީސީ އިން ހާމަކޮށްފައި ވެއެވެ.
އީސީ އިން މިހާރުވެސް ކަނޑައަޅާފައިވާ ގަވާއިދުގައި ވާގޮތުން ޕާޓީއަކަށް ވަންނަން ފޯމު ހުށަހަޅާއިރު އައިޑީކާޑު ކޮޕީ އާއި ފިންގަޕްރިންޓް އަދި ހަތަރު މީހެއްގެ ސޮއެއް އޮންނަން ޖެހެއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރުކުރަން މިފަދަ ފިޔަވަޅުތަކެއް އަޅަން އީސީން ނިންމާފައި މި ވަނީ އޮޅުވާލައިގެން ޕާޓީ ތަކަށް ވައްދާ މައްސަލަ ބޮޑުވެފައި ވާތީއެވެ.
އީސީގެ ދަފްތަރުގައި އެގާރާ ސިޔާސީީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް