ރާއްޖެއިން މިދިޔަ ހަފްތާގައި ކޯވިޑް-19 އަށް ޕޮސިޓިވްވީ665 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އިދާރާއިން ހަފްތާ އަކު އެއްފަހަރު އާންމު ކުރާ ތަފާސް ހިސާބުތަކުގައި މިއަދު އާންމު ކޮށްފައިވަނީ މިދިޔަ މަހުގެ27 ވަނަ ދުވަހުން މިމަހުގެދެ ވަނަ ދުވަހާއި ހަމައަށް ކޯވިޑް ޖެހިފައިވާ މީހުންނާއި އިތުރު ތަފްސީލްތަކެވެ.
އެ މައުލޫމާތުތަކުގައި ވާގޮތުން އެ މުއްދަތުގައި މާލެ ސަރަހައްދުން ބަލި ޖެހުނީ72 މީހުންނަށެވެ. އަތޮޅުތެރެއިން ބަލި ޖެހިފައިވަނީ481 މީހުންނަށެވެ.
ބަލީގައި މިދިޔަ ހަފްތާގައި މީހަކު މަރުވެފައެއް ނުވެ އެވެ. މިހާތަނަށް ކޯވިޑްގައި މަރުވެފައިވާ ޖުމްލަ އަކީ298ކެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނީ177،658 މީހުންނަށެވެ.
ރާއްޖޭގެ ކޯވިޑް އާންމު ހާލަތަކަށް ގެނެވިފައިވާކަމަށް ނިންމައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރު ފަހުން މިދިޔަ މަހުގެ13 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ކޯވިޑާއި ގުޅިގެން އެޅި ގިނަ ވިޔަވަޅުތައް އުވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް