ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހަދަން އަންނަނީ މަސައްކަތް ކުރަމުން: މިނިސްޓަރ މައުސޫމް

ކ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހަދަން ނިންމައި އެ ރިސޯޓް ހިންގާނެ ދެ މޮޑެލްއަކަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މައުސޫމް މިހެން ވ...

04 Apr 2022 | 07:45

ކ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހަދަން ނިންމައި އެ ރިސޯޓް ހިންގާނެ ދެ މޮޑެލްއަކަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މިނިސްޓަރ ވިދާޅުވީ ކާށިދޫ ފަޅަކީ ރިސޯޓް ހަދަންޖެހޭ ތަނެއް ކަމާއި އެކަމަށްޓަކައި މިން ނަގައި ތިން ތަނެއް ބެލި އެއް ތަން މިހާރު ޝޯޓްލިސްޓްކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ރިސޯޓް ހެދުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީ އާއި އިޕީއޭއާ މަޝްވަރާކުރެވި، ކައުންސިލަށް ވެސް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ އިދާރީ މަރުހަލާ ނިންމައި ލަސްތަކެއް ނުވެ ހުޅުވާލައިގެން ކުރަންޖެހޭ ކަންކަން ފެށޭނެ ކަމަށާއި، ދެ މޮޑެލްއެއްގެ ވިސްނުން ހުރިއިރު މި ރިސޯޓް ހިންގަން އެންމެ ފައިދާ ހުރި ގޮތެއް ކަނޑައެޅުމުގެ އިހްތިޔާރު އޮތީ ކާށިދޫ ރައްޔިތުންގެ އަތުގައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް