ބާރްތީއަށް ލިބުނީ ފިރިހެން ކުއްޖެއް

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއާން ބާރްތީ ސިންގް އާއި ލިޔުންތެރިޔާ ހަރްޝް ލިންބަޗިއާ އަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ. އަލަތު ދަރިފުޅު ލިބިފައިވަނީ އިއްޔެ އެވެ. ބާރްތީ ރަސްމީ އިންސްޓަގްރާމް ޕ...

04 Apr 2022 | 06:59

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއާން ބާރްތީ ސިންގް އާއި ލިޔުންތެރިޔާ ހަރްޝް ލިންބަޗިއާ އަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ.

އަލަތު ދަރިފުޅު ލިބިފައިވަނީ އިއްޔެ އެވެ. ބާރްތީ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ބުނެފައިވަނީ ލިބުނީ ފިރިހެއް ކުއްޖެއް ކަމަށެވެ.

އެ ވާހަކަ އިއުލާނުކޮށް ކުއްޖާ ނުފެންނަ ގޮތަށް ވަށިގަނޑަކަށް ލައި ދެމަފިރިންނާއި އެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައިވެ އެވެ.

ދެމަފިރިންނަށް ދަރިއަކު ލިބޭކަން އިއުލާނު ކުރީ ބާރްތީގެ ބަނޑަށް ފަސް މަހުގައި އެވެ. އޭނާ ބުނީ އޭގެ ކުރިން ބަލިވެ އިންކަން އިއުލާނު ނުކުރީ އާއިލާއިން އެގޮތަށް އެދުމުން ކަމަށެވެ.

ވިހެއުމާއި ހަމައަށް ދެމީހުންވެސް ޝޯތަކުގައި މަސައްކަތް ކޮށްފައިވެ އެވެ. އަދި މަޝްހޫރު ކޮމީޑިއަންއަކަށް ވާތީ ރިއަލިޓީ ޝޯތަކުގައި ބާރްތީ ވަނީ އޭނާގެ ބަނޑު ބޭނުންކޮށްގެންވެސް މީހުން ހީނހީނ ހަލާކުވާ ޒާތުގެ ވާހަކަތައް ދައްކާފަ އެވެ.

https://www.instagram.com/p/Cb42g9rPNaV/

ވިހެއުމަށް ފަހު ދެމީހުން ދަރިފުޅަށް ވަގުތު ދިނުމަށް ދިގު ޗުއްޓީއެއް ނަގާނެ ކަމަށް ބާރްތީ ކުރިން ބުނެފައިވެ އެވެ. ވިހޭއިރު އެ ދެމީހުން މަސައްކަތް ކުރަމުން ދިޔައީ ކަލާޒްގެ “ހުނަރް ބާޒް- ދޭޝް ކީ ޝާން” ގައި އެވެ.

ބާރްތީ އާއި ހަރްޝް ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް