ރޯދަމަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކަމަށެވެ.
އެގޮތުން މިގަޑިތަކުގައި ހުރިހާ ބާވަތެއްގެ އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. އަދި މި ވަގުތު ފެނާއި ކައްކާ ގޭސް ވެސް ބުރިޖު ހުރަސްކޮށް ގެންދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ނަމަވެސް ބުރިޖު މަތިން ގަނޑުކޮށް ވިޔަފާރި މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށެވެ. ހަމައެހެންމެ، ދަންވަރު 1:00 އިން ފެށިގެން އަދި ހެނދުނު 6:00 އަށެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މުދާ އުފުލާ އުޅަނދުތައް ބުރިޖަށް އަރަން ޖެހޭނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށެވެ.
ޓްރާންސްޕޯޓުން ބުނީ މި ނޫން ގަޑިތަކުގައި މުދާ އުފުލުމަކީ މަނާކަމެއް ކަމަށާއި ރޯދަމަހުގެ އިތުރުން ޝައްވާލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލާން ޖެހޭނީ މި ގަޑިތަކުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް