ރާއްޖޭގެ ރައްތަކަށް އެންބިއުލާންސް ގެނައުމަށް ސަރުކާރުން އެސްޓީއޯއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން މިދިޔަ މަހު ގެނައި 21 އެމްބިއުލާންސް ރާއްޖޭގެ އެކި ހިސާބުތަކުން އަށް ރަށަކަށް ފޮނުވަން ނިންމާފައިވާކަމަށް އެސްޓީއޯން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ ރަށްތަކަށް ފޮނުވަން ނިންމި އެންބިއުލާންސްތައް މިހާރު ރައްތަކަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށެވެ.
އެންބިއުލާންސްތައް ފޮނުވަން ނިންމި ރަށްތަކަކީ އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ފުވައްމުލަށް ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ގދ. ނަޑެއްލާ އަދި ކ. ގުރައިދޫ އެވެ.
އަތޮޅު ތަކަށް ފޮނުވުމަށް ހާއްސަކޮށްގެން އެސްޓީއޯއިން އެންމެ ފުރަތަމަ ގެނެސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހު 20 އެމްބިއުލާންސެވެ. އޭގެ ފަހުން ދެވަނަ ޝިޕްމެންޓުގައި ވެސް 20 އެންބިއުލާންސް ނޮވެމްބަރ މަހުގެ ތެރޭގައިވަނީ ގެނެސްފައެވެ.
ސަރުކާރާއު އެސްޓީއޯއާއި ދެމެދު ވެފައިވާ އެއަބަސްވުމުގެ ދަށުން 96 އެމްބިއުލާންސް ރަށްތަކަށް ފޮނުވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް