އައްޑޫ ސިޓީގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގަ ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގަ 10 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުން ހައްޔަރު ކުރީ މިދިޔަ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސިޓީއަށް ވަޑައިގެން އުުއްވަނިކޮށް މިދިޔަ މަހުގެ27 ވަނަ ދުވަހު އެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތް މީހެއްގެ ބަންދަށް ހަތް ދުވަސް ޖެހި އެވެ. އަނެއް ތިން މީހުން ވަނީ24 ގަޑިއިރުގެ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލާފަ އެވެ.
ހަތް ދުވަހަށް ބަންދުގެ މުއްދަތު ޖެހި މީހުންވެސް އިއްޔެ ދޫކޮށްލީ މުއްދަތު އިތުރު ކުރުމަށް ކޯޓަށްވެސް ހާޒިރު ނުކޮށެވެ.
އެމީހުނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނީ އެމީހުން ބަންދުން ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭކަމަށް ނުފެންނާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް