ހުޅުމާލޭ ފޭސް1 ގައި ރޭ ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ކުއްޖާ މަރުވެއްޖެ އެވެ.
މިހާދިސާގައި މަރުވީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ.
އެ ކުއްޖާ ވެއްޓިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ12:30 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ކުއްޖާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ކުއްޖާ ވެއްޓުނު ގެ ހުންނަނީ ނިރޮޅުމަގުގުގައި ހުންނަ ޕިކްޕޯސްޓް ކައިރީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް