އައްޒަގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ލައްކައަކަށް، ފޭނުންނަށް އައިފޯނެއް ދޫކޮށްލަނީ!

މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު އެއްލައްކައަށް އެރުން ފާހަގަ ކުރަމުން އެބަދެ އެވެ. އެއްލަކް ފޮލޯވަރުން ހަމަވީ އިއްޔެގެ ވަގުތެއްގައި އެވެ. މިވަގުތާއި ހަމައަށ...

04 Apr 2022 | 04:39

މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު އެއްލައްކައަށް އެރުން ފާހަގަ ކުރަމުން އެބަދެ އެވެ.

އެއްލަކް ފޮލޯވަރުން ހަމަވީ އިއްޔެގެ ވަގުތެއްގައި އެވެ. މިވަގުތާއި ހަމައަށް މިހާރު އޭނާގެ ފޮލޯވަރުންގެ އަދަދު ވަނީ 103 ހާހަށް އަރައިފި އެވެ.

އައްޒަ އިންސްޓަގްރާމުގައި ބުނެފައިވަނީ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެކަން ފާހަގަ ކުރުމަށް ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރުމަށް ގިވް އަވޭއެއް ދޭން ނިންމާފައިވާ ކަމަށެވެ.

މިއީ އައްޒަގެ ފަރާތުން ސަޕޯޓަރުންނަށް ދޭ ފުރަތަމަ ގިވްއަވޭ އެވެ. ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ އައިފޯން 13 ޕްރޯ މެކްސް، ވައިޓެކެވެ.

މި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަން ޖެހޭގޮތް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ވަނީ ހާމަކޮށްފަ އެވެ.

https://www.instagram.com/p/Cb5U-EmA58A/

އައްޒައަކީ އިންސްޓަގްރާމްގައި ވަރަށް އަޕްޑޭޓް މީހެކެވެ. އޭނާގެ ދިރިއުޅުމާއި ފިލްމީ މަސައްކަތްތަކުގެ ހުރިހާ ކަމެއް ބަރާބަރަށް އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާ ކުރެ އެވެ.

މިއީ ދިވެހި ފިލްމީ ތަރިންގެ ތެރެއިން އިންސްޓަގްރާމްގައި އެއް ލައްކަ ފޮލޯވަރުން ހަމަކުރި ފުރަތަމަ ތަރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް