ގއ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝާފިޒް މޫސާ މަގާމުން ވަކި ކުރުމުން އޭނާގެ މަސައްކަތުގެ އަގު ވަޒަން ކޮށް ހޮސްޕިޓަލުގެ މުވައްޒަފުން ހަމަ ހިމޭން ކަމުގެ ސުކޫތެއް ގެނެސްފިއެވެ.
އޭނާ މަގާމުން ވަކި ކުރީ އިއްޔެގެ ވަގުތެއްގައި ކުއްލިއަކަށް ގުޅައި ވަޒީފާއިން ވަކި ކުރި ކަމުގެ ޗިޓާއި ހަވާލުވާން އެންގުމަށް ފަހު އެވެ.
ހޮސްޕިޓަލުގެ މުއްވަޒފުން ގުޅިގެން ގެނައި މި ހަމަހިމޭންކަމުގެ ސުކޫތުގައި ޑޮކްޓަރުންނާއި ނަރުހުން އަދި އިދާރީ މުވައްޒަފުންނާއި މަސައްކަތު މީހުން ބައިވެރިވި އެވެ.
ގއ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖުމަންޓުން ބުނީ ދެ އަހަރާއި ހަ މަސް ދުުވަސް ވަންދެން ހޮސްޕިޓަލުގެ މެނޭޖަރުގެ މަގާމުގައި ހުންނަވަިއގެން އެ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޝާފިޒް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ޝާފިޒް ވަކިވެގެން ދިއުމަކީ އެ ހޮސްޕިޓަލާއި ސިއްހީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.
ޝާފިޒް ފާހަގަ ވެފައިވަނީ ތައުލީމީ ޤާބިލުކަން ލިބިފައިވާ، މުވައްޒަފުންނާއި ގުޅިގެން މަސަައްކަތްކުރާ ލާމަސީލު ލީޑަރެއް ގޮތުގައި ކަމަށްވެސް ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާފިޒް އެ މަގާމުން ވަކި ކުރީ އޭނާ އަކީ މިދިޔަ ހަފްތާގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންގެ ގާތް މީހަކަށް ވާތީ އެވެ. އާންމުކޮށް ހޮސްޕިޓަލްތަކުގެ މެނޭޖަރުންގެ ގޮތުގައި ތިއްބަވަނީ ސިޔާސީ ގޮތުން އައްޔަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް