ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްތައިފި އެވެ.
ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ނެރެފައިވާ ކޯޓު އަމުރަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަށް ކަމުގައިވެސް މައުލޫމާތު ލިބެ އެވެ.
ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ޖުމްހޫރީ ޕާޓީގެ ކެމްޕޭން އޮފީސް، މ ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ވަނީ ހާޒިރު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް