ޗައިނާގެ އެހީތެރިކަން ލިބުނަސް، ނުލިބުނަސް އެމެރިކާ އެކަނި ވިޔަސް އުތުރު ކޮރެޔާގެ ނިއުކްލިއާ ޕްރޮގުރާމާއިމެދު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއެކު ދެކުނު ފްލޮރިޑާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށެވެ. ޓްރަމްޕް ފައިނޭންޝިއަލް ޓައިމްސްގައި ވިދޅުވެފައިވަނީ، ޗައިނާގެ ރައީސާއެކު އުތުރު ކޮރެއާގެ މައްސަލާގައި މަޝްވަރާކުރާނެ ކަމަށެވެ. ޗައިނާގެ ނުފޫޒު އުތުރު ކޮރެއާގައި އޮންނަކަމަށާއި އަދި މިކަމުގައި އެމެރިކާއަށް އެހީތެރިވާނީތޯ ނޫނީ ނޫންތޯ ނިންމަނީ ޗައިނާއިން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެހީތެރިވެއްޖެނަމަ މީގެން ޗައިނާއަށްވެސް ރަނގަޅެއެއް ވާނެކަމަށާއި އަދި ނުވެއްޖެނަމަ އެއްވެސް ބަޔަކަށް ރަނގަޅެއް ނުވާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އުތުރު ކޮރެއާގެ ނިއުކިލިއާ ޕްރޮގުރާމް ހުއްޓުވުމާލުމަށް އ.ދ އިންވެސް ކުރި ގިނަ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. މިދިޔަ އަހަރު އެކަނިވެސް އުތުރު ކޮރެއާއިން ވަނީ ދެ ނިއުކުލީއާއި ޓެސްޓާއި 24 ބެލެސްޓިކް މިސޭލު އުދުއްސާލާފައެވެ. އެމެރިކާއިން އ.ދ އަށް ކަނޑައަޅާފައި ހުންނަ އެމްބަސޭޑަރ ނިކީ ހޭލީ ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގުރާމް ހުއްޓުވާލެވޭނީ ހަމައެކަނި ޗައިނާއަށް ކަމަށެވެ. ޗައިނާއިން މިކަމުގައި އެމެރިކާއާށް އެއްބާރުލުން ދިނުމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ދާދިފަހުން ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގުރާމާއި ގުޅުން ހުރި، އުތުރު ކޮރެޔާގެ 11 މީހަކަށާއި އަދި ކޯލް ކުންފުޏެއްގެ މައްޗަށްވެސް ހުކުމް އިއްވާފައެވެ.
އެމެރިކާއިންވަނީ ޗައިނާ، ރަޝީއާ، ވިއެޓްނާމް އަދި ކޫބާއިން އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގުރާމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް