މިރުޒާ މަރާލިކަން ސާބިތުވެ ދެ މީހަކު މެރުމަށް ހުކުމް ކޮށްފި

ނ. މާޅެންދޫ ވައިޓް ހައުސް އަހްމަދު މިރުޒާ މަރާލި ކަމުގެ ކުށް ސާޞިތުވެ ދެ މީހަކު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. އެ މައްސަލައިގަ މަރަން ހުކުމް އިއްވީ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަސީފާ...

04 Apr 2017 | 08:04

ނ. މާޅެންދޫ ވައިޓް ހައުސް އަހްމަދު މިރުޒާ މަރާލި ކަމުގެ ކުށް ސާޞިތުވެ ދެ މީހަކު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގަ މަރަން ހުކުމް އިއްވީ ޏ. ފުވައްމުލަކު ޒާވިއާ، އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށެވެ. މިރްޒާ މަރާލާފައިވަނީ 2011 ވަނަ އަހަރު އެޕްރިލް 11 ވަނަ ދުވަހުގެ ރޭ ވިލިމާލޭގައި އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެ ދެމީހުންގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށާއި އެމީހުން މިރްޒާއަށް ހަމަލާދިނީ ބަދަލު ހިފުމުގެ ރޫހެއްގައި ކަމަށެވެ. އަދި މިރުޒާ މަރުވެފައިވަނީ އެ ހަމަލާގައި ލިބުނު ޒަހަމް ތަކަށް ފަރުވާދެމުން ދަނިކޮށް ކަމަށް މެޑިކަލް ރިޕޯޓުން ހާމަވާ ކަމަށެވެ.

މިރްޒާ މަރުވެފަިއވަނީ އެ ހަމަލާގައި ލުބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެ ތިން ދުވަސް ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް