ކ.ކާށިދޫގެ ނަރުދަމާ ނިޒާމުގެ އީއައިއޭ ރިޕޯޓު ހަދައިދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކާށިދޫގެ ނަރުދަމާ ނިޒާމު ގާއިމްކުރާއިރު އެކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބަލާ ސާވޭކޮށް ރިޕޯޓެއް ހަދާދޭނެ ފަރާތެއް ހޯދުމަށް ޝައުޤުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަން ހުޅުވުން އޮތީ މި މަހުގެ 11 ވަނަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީ ގައެވެ. އެދުވަހު އީއައިއޭ ސްކޯޕިން އަށް އެޕްލިކޭޝަން ހުށަހެޅުމާއި، އީއައިއޭ ސްކޯޕިން މީޓިންގައި ފާހަގަކުރާ ކަންތަކަށް ރިއާއައްކޮށް ސާވޭ މަސައްކަތްތައް ކުރުމާއި، އީއައިއޭ ތައްޔާރުކުރުމާއި، އީއައިއޭ ރިވިއުއާސް އެދިވަޑައިގަންނަވާ ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެކަމަށްް އެ މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ކާށިދޫގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު ފަށާފައިވާއިރު އެރަށުގެ ނަރުދަމާ ނިޒާމް ޑިޒައިން ކޮށްފައި ވަނީ އަލް ހަބްޝީ ކޮންސަލްޓެންޓްސް އާއި ހަވާލުކޮށްގެންނެވެ.
ކާށިދޫ އަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށެއް ކަމުން ފެނާއި ނަރުދަމާގެ ރަނގަޅު ނިޒާމެއް ގާއިމުކުރެވިފައި އޮތުން ވަރަށް މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް