ދިވެހި މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަ ގަސްދުގައި މީހަކު މަރާލި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.
މި ޕެޓިޝަންގައި ސޮއި ކުރުން ކުރިޔަށް ގެންދަނީ އޮންލައިންކޮށް "ޗޭންޖް ޑޮޓް އޯގް" ގެ ފަރާތުންނެވެ. މި ޕެޓިޝަންގައި 5،000 މީހުންގެ ސޮއި ހޯދުމަށް ކަނޑައަޅާފައިވާއިރު މިހާތަނަށް 2.500 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައި އެވެ.
އެ ވެބްސައިޓުގައި ބުނެފައިވަނީ މި ޕެޓިޝަން ހުށަހަޅަން ބޭނުންވަނީ އެ ހާދިސާ ހިނގި ރާޖްޝާހީ ފުލުހުންނާއި ރައުދާ ކިޔެވި ކޮލެޖުގެ މުވައްޒަފުން އެ މައްސަލައިގަ ކަންތައްތަކެއް ސިއްރު ކުރަން އުޅޭކަން ފާހަގަވާތީ ކަމަށެވެ. އަދި ރައުދާ މަރުވީ އަމިއްލައަށް ކަމަށް ކަނޑައަޅަން މަސައްކަތް ކުރަމުންދާ ކަމަށް އެ ވެބްސައިޓުގަިއ ބުނެފައިވެ އެވެ.
މީގެ ިއތުރުން ބައިނަލްއަގުވާމީ މައިދާނުގައި ބަންގަލަދޭޝް ގެ ނަން ކިލަންބުވިޔަ ނުދިނުމަށް މި މައްސަލަ އެ ގައުމުގެ ސެންޓްރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރުމަށް ގޮވާލުމަކީ މި ޕެޓިޝަން ހެދުމުގެ ބޭނުން ކަމަށް ބުނެފައިވެ އެވެ.
ރައުދާ ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ އޭނާ ބަންގްލަދޭޝްގައި ދިރިއުޅޭ ހޮސްޓެލްގެ ކޮޓަރީގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެކަމަކު އޭނާ ދަންޖެހިގެން މަރު ނުވާނެ ކަމަށާއި އޭނާ ބަޔަކު މަރާލީ ކަމަށް އާއިލާއިން ދަނީ ތުހުމަތު ކުރަމުންނެވެ.
މިހާތަނަށް ބަންގްލަދޭޝްގައި ހެދި އޮޓޮޕްސީ ރިޕޯޓުތަކާއި ހަވާލާދީ އެ ގައުމުގެ ފުލުހުން ބުނެފައިވަނީ ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށެވެ. މި މައްސަލައިގަ އިއްޔެ ފުލުހުން ވަނީ ރައުދާ އެންމެ ގާތްކޮށް އުޅޭ އެހެން ގައުމެއްގެ ކްލާސް ކުއްްޖެއްގެ ފޯނު ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބަލަން ފަށާފައި އެވެ.
https://www.change.org/p/criminal-investigation-department-bangladesch-start-an-investigation-into-the-murder-of-raudha-athif?recruiter=11487993&utm_source=share_petition&utm_medium=facebook&utm_campaign=share_page&utm_term=des-lg-share_petition-custom_msg
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް