ގެމަނަފުށީގައި ފުލުހުން ޓްރެފިކް އޮޮފަރޭޝަނެއް ހިންގައިފި

މަގުމަތީގެ ސަލާމަތާއިި ރައްކާތެރިކަން ވަރުގަދަކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ގެމަނަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ. އިއްޔެ ހިންގި މި އޮޕަރެޝަނަކީ މަގުމަ...

04 Apr 2017 | 06:11

މަގުމަތީގެ ސަލާމަތާއިި ރައްކާތެރިކަން ވަރުގަދަކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ގެމަނަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

އިއްޔެ ހިންގި މި އޮޕަރެޝަނަކީ މަގުމަތީގެ ސަލާމަތާއިި ރައްކާތެރިކަން ވަރުގަދަކޮށް، އެ ރަށުގައި ދުއްވާ އުޅަނދުތަކަކީ ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމަށްޓަކައި ހިންގި އޮޮފަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ލައިސަންސް އާއި އަހަރީ ފީއާއި ރޯޑްވާދިނަސް އަދި ތާޑްޕާޓީ އިންސްއަރެންސް ކޮށްފައިވޭތޯއާއި ވެހިކަލް ދުއްވަނީ ކަނޑެއެޅިފައިވާ ޒޯންގައި ތޯ ވަނީ ބަލާފައެވެ.

މީގެ އިތުރުންވެސް މި އޮޕަރޭޝަންގައި ޓްރެފިކް އެހެން ވައިލޭޝަންތައް ބަލާފައިވެއެވެ.

ގެމަނަފުށީ ފުލުހުން ބުނީ މި  އޮޕަރޭޝަންގައި 30 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވި ހަތަރު ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް