ކާފަ ދުއްވި ޓްރަކު ދަށުވެ ދަރިފުޅު މަރުވެއްޖެ

އެމެރިކާގެ މިޝިގަންގެ ކާފައެއް ދުއްވި ޓްރަކެއްގެ ދަށުވެ އޭނާގެ ކާފަދަރި މަރުވެއްޖެ އެވެ. އެލިގެން ކައުންޓީ ޝެރިފް އޮފީހުން ބުނާގޮތުގައި 17މަހުގެ ކުޑަ ބްރެންޓީން އެލެން ކޮމްބްސް އޭނާގެ ކާފަގެ ޓްރަކުގައ...

04 Apr 2017 | 06:05

އެމެރިކާގެ މިޝިގަންގެ ކާފައެއް ދުއްވި ޓްރަކެއްގެ ދަށުވެ އޭނާގެ ކާފަދަރި މަރުވެއްޖެ އެވެ.

އެލިގެން ކައުންޓީ ޝެރިފް އޮފީހުން ބުނާގޮތުގައި 17މަހުގެ ކުޑަ ބްރެންޓީން އެލެން ކޮމްބްސް އޭނާގެ ކާފަގެ ޓްރަކުގައި ދަށުވުމާއެކު ވަގުތުން މަރުވި އެވެ. އެ ހާދިސާ ހިނގައިފައިވަނީ އެ ކުއްޖާގެ މާމަ އާއި ކާފަގެ ގޭގެ ބޭރުގައި އެވެ.

ޝެރިފް އޮފިސަރެއް ހާމަކުރިގޮތުގައި މި ކުޑަކުއްޖާ ބަލަމުން ދިޔައީ އޭނާގެ ކާފަ އާއި މާމަ އެވެ. އޭރު އޭނާގެ މަންމަ ވީ ވަޒީފާއަށް ގޮސް ކަމަށްވެ ވެއެވެ.

މި ކުޑަކުއްޖާ ޓްރަކުގެ ދަށު ވި އިރު އޭނާ ހުރީ އޭނާގެ މާމަ ކައިރީގައި ކަމަށާއި އެވަގުތު އޭނާގެ ކާފަ ޓްރަކު ދުއްވަން ފެށީމައި މާމަ އަށް ނޭނގި ނުކުމެގެން ދިޔަ ވަގުތު ޓްރަކް ދަށުވީ ކަމަށްވެސް އޮފިސަރ ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް