ކަނޑުމަތީގެ އެކްސިޑެންޓެއްގައި އައްޑޫ ކަނޑަށް ދޯންޏެއް ފެތިއްޖެ

ތެޔޮ ބޯޓަކާއި ކޮންޓެއިނަރު އުފުލާ ދޯންޏެއް ޖެހި ހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި އައްޑޫ ކަނޑަށް ދޯނި ފެތިއްޖެ އެވެ. އެމްއެންޑީއެފުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:15 އެހ...

04 Apr 2017 | 05:37

ތެޔޮ ބޯޓަކާއި ކޮންޓެއިނަރު އުފުލާ ދޯންޏެއް ޖެހި ހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި އައްޑޫ ކަނޑަށް ދޯނި ފެތިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:15 އެހާއިރު ކަމަށެވެ. އެ ދޯނި ޖެހިފައިވަނީ އެސްޓިއޯގެ ތެޔޮ ބާޖެއްގައި އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ގދ.ގައްދޫ އާއި ފަސް ނޯޓިކަލް މޭލު ހުޅަނގު ދެކުނުން ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި އިރު ދޯނީގައި ތިން ބިދޭސީންނާއި ދެ ދިވެހިން ތިބި ކަމަށާއި އެމީހުން ތެޔޮ ބާޖަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެ އެވެ. އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން ގޮސް ދޯނީގެ ވެރިފަރާތާއި ގުޅިގެން ދޯނި ފެންމަތި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

(ތަފްސީލް އަންނަނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް