ދުނިޔޭގެ އެންމެ ރީތި އަންހެނާގެ މަގާމު ބިޔާންސޭއަށް. ދެވަނަ ޕްރިޔަންކާއަށް!

ދުނިޔޭގެ އެންމެ ރީތި 30 އަންހެނުން ހޮވާފައިވާއިރު ލިސްޓުގެ އެއްވަނަ ބިޔާންސޭއަށް ލިބިފައިވާއިރު ދުނިޔޭގެ ދެވަނައަށް އެންމެ ރީތި އަންހެނާ ލިބިފައިވަނީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އަށެވެ. އެންމެ ރ...

04 Apr 2017 | 05:26

ދުނިޔޭގެ އެންމެ ރީތި 30 އަންހެނުން ހޮވާފައިވާއިރު ލިސްޓުގެ އެއްވަނަ ބިޔާންސޭއަށް ލިބިފައިވާއިރު ދުނިޔޭގެ ދެވަނައަށް އެންމެ ރީތި އަންހެނާ ލިބިފައިވަނީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އަށެވެ.

އެންމެ ރީތިމީހުންގެ ލިސްޓުގެ ތިންވަނާގައި ވިކްޓޯރިއާސް ސީކްރެޓްގެ މޮޑެލް ޓެއިލާ ހިލް ހޮވިފައިވާއިރު ހަތަރުވަނަ ލިބަފައިވަނީ ހޭރީޕޯޓާ އާއި ބިއުޓީ އެންޑް ދަ ބީސްޓް ކުޅެފައިވާ އެމާ ވަޓްސަން އަށެވެ. މިލިސްޓުގެ ފަސްވަނަ ހޯދާފައިވަނީ ފިފްޓީ ޝޭޑްސް އޮފް ގްރޭ ގެ ތަރި ޑަކޯޓާ ޖޯންސަން އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ރީތި އަންހެނާއަށް ވުމުން ޕްރިޔަންކާ ޗޯޕްރާ ވަނީ އޭނާގެ އިހުސާސް ޓުވިޓާގައި ހާމަކޮށްފަ އެވެ. ޕްރިޔަންކާ ވަނީ އޭނާ އަށް އެވަނަ ލިބުމުން މި މުބާރާތް ކުރިޔަށް ގެންދިޔަ ބަޒްނެޓްއަށް ޝުކުރުއަދާކޮށް ބިޔާންސޭއަކީ އޭނާގެ ވެސް އެއްވަނަ ކަމަށް ބުނެފަ އެވެ.

މި ވަނަތައް ހޮވާފައިވަނީ ބަޒްނެޓް އިން ހުޅުވާލި ވޯޓަކުން ނެވެ. އެންޖެލީނާ ޖޯލީ، އެމާވަޓްސަން އަދި ޑަކޯޓާ ޖޯންސަން ފަދަ މަޝްހޫރުތަރިންވެސް މި ލިސްޓުގައި ހިމެނިފަ ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް