އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެއަށް ކުރައްވަން ހަމަޖެހުނު ދަތުރުފުޅު ކެންސަލް ނުކުރައްވާ ކަމަށް އެގައުމުގެ ފޮރިން ސެކްރެޓަރީ އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު އާއި ހަވާލާދީ ދަ ހިންދޫގައި ބުނެފައިވަނީ "ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު ކެންސަލް ކުރެއްވޭނީ އެފަދަ ދަތުރުފުޅެއް އިއުލާން ކުރައްވާފައިވާ ނަމަ ކަމަށާއި އިންޑިއާއިން އަދި ދުވަހަކު ވެސް އެކަން އިއުލާން ނުކުރާ" ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ސްރީލަންކާއަށާއި މޮރިޝަސް އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް ވެސް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ކުރިން ބުންޏެވެ. އަދި އެ ދަތުރުފުޅު ކެންސަލްކުރައްވާފައިވާ ކަމަށް ވެސް ފަހުން ބުނީ އިންޑިއާގެ ނޫސްތަކުންނެވެ.
އަދި ކެންސަލް ކުރެއްވި ސަބަބެއް ކަމަށް ބުނެފައިވަނީ އެ ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި އޮތް ދުވަހުގެ ދެ ދުވަސް ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމެވެ. ނަމަވެސް ރާޢްޖޭ ސަރުކާރުން ވަނީ މޯދީގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ސިޔާސީ ސަބަބަކާއި ހެދި ނޫންކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް